ނޫސްބަޔާން


ކޮންމެ އަހަރަކުވެސް އޭޑީކޭ އިން ބާއްވާ، އާންމުންގެ ތަރްހީބް ހޯދަމުން އަންނަ ޝާރްޕްފެއާ މި އަހަރުވެސް ''ޝާރޕްފެއާ 2010" ގެ ނަމުގައި ޖުލައި  28 ފެށިގެން ކުރިޔަށް އެބަދެއެވެ. ރޯދަމަހާއި ދިމާކޮށް ބޭއްވެމުން އަންނަ ޝާރޕްފެއާގައި ދުނިޔޭގެ ނަން މަޝްހޫރި ބްރޭޑްތައް ކަމައްވާ ޝާރޕް، މިސްޓްރަލް، އޮޕްޓިމާ، ސެންޔޯ މޮލިނެކްސް އަދި ކެންވުޑްގެ ތަފާތު އިލެކްޓްރޯނިކްސް ސާމާނާއި ބަދިގެއަށް ބޭނުންވާ ސާމާނު ލިބެން ހުރެއެވެ.

 ކޮންމެ ޝާރޕްފއާއެއްގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރޭގައި ލަކީޑްރޯއެއް ބޭއްވި ގިނަ ހަދިޔާތައް ދެވެއެވެ. އެގޮތުން މިފަހަރުވެސް 10 ނަސީބުވެރިފަރާތް ހޮވުމަށް ވަނީ ހަމަ ޖެހިފައިއެވެ. އަދި ލިބޭ އިނާމު ތަކުގެ ތެރޭގައި ޓޯސްޓަރާއި ބެލެންޑަރ އަދި ސައުންޑް ސިސްޓަމް ވެސް ހިމެނެއެވެ.

"އެހެންފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ވަރަށް ބޮޑުތަރުހީބެއް ލިބެމުން އަޅުގަނޑުމެންނަށް މިދަނީ.. އަޅުގަނޑު ބުނާނީ މިހެން މިވަނީ ރޯދަ މަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް މި ފެއާ ބޭއްވި އަދި ކޮލިޓީ ސާމާނު ހެޔޮ އަގެއްގައި އެއްތާކުން ލިބެން ހުންނާތީ އޭ ޝާރްފެއާ މިހާ މަގްބޫލީ!" އޭޑީކޭ ކޮންޕެނީގެ ގެ މާރކެޓިން މެނޭޖަރ އަމްރޫ އަލީ ފާހަގަ ކުރެއްވިއެވެ.

މިފަހަރަކީ މި ފެއާ ބޭއްވޭ 7ވަނަ ފަހަރެވެ. އިސްކަންދަރު ސްކޫލް، އިމާދުއްދީން ސްކޫލް އަދި ޕްލެނެޓް އިލެކްޓްރޯނިކްސް ފިހާރާގައި ޝާރޕްފެއާ މީގެ ކުރިން ބޭއްވޭވިފައިވެއެވެ. މިފަހަރުގެ ޝާރޕްފެއާ އޮތީ ޕްލެނެޓް އިލެކްޓްރޯނިކްސް / މަޖީދީމަގުގައި ކޮންމެ  ދުވަހެއްގެ ރޭގަނޑު 8 ން 11 އަށެވެ. މީގެ އިތުރުން ހުކުރުދުވަހު ހަވީރު 4 ން 6 އަދި ހަމަ ރޭގަނޑު 8 ން 11 އަށެވެ.